ބޮލީވުޑް

ކަރަންގެ އެސިސްޓެންޓް ޑައިރެކްޓަރަކަށް ސައިފްގެ ދަރިފުޅު އިބްރާހީމް

ސައިފް އާއި އޭނާގެ ހަތަރު ދަރިން: އެންމެ ތިރިން ވާތްފަރާތުގައި އިބްރާހީމް
33.3%
66.7%
0%

ސައިފް އަލީ ހާން އާއި އަމްރިތާ ސިންގްގެ ދެ ދަރިން ކުރެ ހަގު ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ވެސް ބޮލީވުޑްގައި މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ. މިކަން ޔަގީން ކޮށްދިނީ ސައިފެވެ.

ދާދިފަހުން އިންޑިޔާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ އިބްރާހީމް ފުރަތަމަ މަސައްކަތް ކުރާނީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފިލްމެއްގައި އޭނާގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ.

ދަރިފުޅު އިބްރާހީމް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކޮން ފިލްމެއް ކަމެއް ސައިފް ނުބުނެ އެވެ. ނަމަވެސް މިއީ ދާދިފަހުން އިއުލާން ކުރި "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ކަރަން އުފައްދާ ހަމައެކަނި ފިލްމަކަށް އިއުލާން ކޮށްފައި ވަނީ މި ފިލްމަށް ވާތީ އެވެ.

ސައިފް ބުނި ގޮތުގައި އޭނާގެ ދަރިންނަށް އޭނާ ވަރަށް މުހިއްމު ކަމެއް ދަސްކޮށްދެ އެވެ. އެ ކުދިންގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުން ކަންކަން ދަސް ކުރުމަށެވެ.

"ފިލްމުތަކުގައި މަސައްކަތް ކުރާއިރު ވަށައިގެން ވަރަށް ގިނަ ބަޔަކު އުޅޭނެ. ބޮޑެތި ތަރިންނާއި ކުޅަދާނަ އެކްޓަރުން. އެ މީސްމީހުންގެ ފަރާތުން އެމީހުން ކުރާ ރަނގަޅު ކަންކަން ދަސްކޮށް އެކަންކަން އެގޮތަށް ކުރެވޭތޯ ބަލަން އަހަރެން ކުދިންނަށް ވިސްނައިދެން. ނަމަވެސް މިއީ ބުނެލާހާ ފަސޭހަ ކަމެއް ނޫން. އެހެންވެ އަހަރެން ބުނަން ގޯސް ވެސް ހެދޭނޭ ބައެއް ފަހަރު. އެ ހެދޭ ގޯހުން ތަޖުރިބާ ލިބިގަނެގެން ކުރިޔަށް ދާށޭ،" ސައިފް ބުންޏެވެ.

ބަތަލެއްގެ ގޮތުގައި އިބްރާހީމް ލޯންޗުކުރުމުގެ ޒިންމާ ވެސް ހަވާލުކޮށްފައިވަނީ ކަރަން ޖޯހަރް އާއެވެ.

ސައިފްގެ ދޮށީ ދަރިފުޅު އަދި އިބްރާހީމްގެ ދައްތަ ސާރާއަކީ ވެސް ފިލްމީ ބަތަލާ އެކެވެ. ސާރާ ތައާރަފްވާން އުޅުނު ދުވަސްވަރު ވެސް ސައިފް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އޭނާ ލޯންޗު ކުރުމުގެ މަސައްކަތުގައި ވަނީ އުޅެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910