ތުރުކީއަށް ނޭޓޯގެ ރަސްމީ ހައިސިއްޔަތު އެބައޮތް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޭޓޯއިން ކަނޑައަޅާ ސިޔާސަތުތަކަށް ތުރުކީ އޮންނަނީ އަބަދުވެސް ހޭވެރިވެ ކަމަށާއި ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.
މެވްލޫތު ޗަވްސޯލު ވިދާޅުވީ ނޭޓޯއަކީ އުފެދުމުގައި ވެސް އަސްކަރީ އެއްބާރުލުމެއް ކަމަށާއި 30 ގައުމަކުން އިއްތިހާދުވެ ދަމަހައްޓަނީ އެއް ސިޔާސަތެއް ކަމަށެވެ.
އަދި ތުރުކީން ނޭޓޯއަށް ކިތަންމެ ކަމޭހިތައި ވާޖިބުތައް އަދާކުރި ނަމަވެސް ތުރުކީއަށް ބޭނުން ޖެހިފައި ހުރި ކަންތައްތަކާ މެދު ނޭޓޯއިން ސަމާލުކަން ނުދޭ ކަމަށެވެ.
ގައުމުތަކުގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ގުރޫޕްތައް ނައްތާލުމަކީ ނޭޓޯގެ ވައުދެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިދީންނާ އަދި އެ ޖަމާއަތާ ގުޅުން ބޮޑެތި ޓެރަރިސްޓް ގުރޫޕްތަކުން ތުރުކީއަށް ކިތަންމެ ވަރަށް ގޯނާކުރި ނަމަވެސް ނޭޓޯއަށް ހެޔޮ ކަމަށެވެ.
މެވްލޫތު ޗަވްސޯލޫ ވިދާޅުވީ ތުރުކީއަށް ޓެރަރިސްޓުންނަކީ ހަގީގަތުގައި ނޭޓޯއަށް ވެސް ޓެރަރިސްޓުންނަށް ވާން ޖެހޭ ކަމަށެވެ. އެނޫން ގޮތެއްގައި ބައިބައިވުން ގާތް ކަމަށެވެ. ނޭޓޯގެ ގައުމުތަކުން ތުރުކީއާ މެދު ކޮންމެ ގޮތަށް ބެލި ނަމަވެސް ތުރުކީން ވާޖިބު އަދާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ގޮތުން ތުރުކީއަށް މިހާރު ވިސްނެނީ ނޭޓޯއިން މާބޮޑު އެހީތެރިކަމެއް ނުލިބޭނެ ކަމަށެވެ. އެގޮތުގައި ތުރުކީ އަމިއްލަ ފައިމައްޗަށް ތެދުވަން ކުރާ މަސައްކަތުން އަސްކަރީ ބާރުވެރިން ހޯދިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީ އަކީ މިއަދު އަސްކަރީ ހާޑްވެއާ ބޭރު ގައުމުތަކަށް ވިއްކާ ގައުމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ޑްރޯން އާއި ރިމޯޓް އުޅަނދުތައް ދުނިޔެ ބިރުގަންނަ ފެންވަރަށް ތުރުކީން އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި މަތިންދާބޯޓް އިންޖީން ތުރުކީން އުފައްދާނެ ކަމަށާއި ފައިޓާ ޖެޓްތައް އުފައްދަން ފަށާނެ ކަމަށެވެ.