ދުނިޔެ

ނޭޓޯގައި ބައިވެރިވުމަށް ސްވިޑަންއަށް އޮތީ ހަނި މަގެއް: އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން: ސްވިޑަންއަށް ރުހެއް ދެއްވާނީ ޝަރުތުތަކަށް އެއްބަސްވުމުން ކަމަށް ވިދާޅުވި
0%
0%
0%

ސްވިޑަންއަކީ ޓެރަރިސްޓް ޖަމާއަތްތަކަށް ބޯހިޔާވަހިކަން ދޭ ގައުމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފި އެވެ.

އުރުދުޣާން ވިދާޅުވީ ނެޓޯގެ މެމްބަރަކަށް ވުމަށް ސްވިޑަންއަށް އޮތީ ވަރަށް ހަނި މަގެއް ކަމަށާއި ޓެރަރިސްޓުންނަށް ހިމާޔަތްދޭ ބަޔަކަށް ވާގިވެރިވާ ގައުމެއް ގޮތުގައި ތުރުކީ ދެމިނޯންނާނެ ކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އަދި މުސްލިމުންގެ މުގައްދަސް ފޮތްތަކުގެ ހުރުމަތްކަނޑާ ބައެއްގެ އޮތީ ކޮން ގަދަރެއްތޯ ވެސް އުރުދުޣާން އެއްސެވި އެވެ.

ނޭޓޯގައި ބައިވެެރިވާން ސްވިޑަން އިން ލާފައި އޮތް ފޯމު މޭޒުމަތީގައި މިހާރުވެސް އެ އޮތް ގޮތަށް -- ސްވިޑަންގައި ހިމާޔަތް ހޯދައިގެން ތިބި ކުރުދީ ޓެރަރިސްޓުން އެ ގައުމުން ބޭރުކުރަންދެން -- އޮންނާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

"ތުރުކީން އެ ފޯމުގައި ސޮއެއް ނުކުރާނެ އަދި ސްވިޑަންއަށް ރުހުމެއް ވެސް ނުދޭނެ،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އަދި ވިދާޅުވީ ޓެރަރިސްޓުންނަށް ހިމާޔަތްދީގެން ތުރުކީގެ ރައްޓެއްސަކަށް ނުވެވޭނެ ކަމަށެވެ.

ނޭޓޯގައި ބައިވެރިވުމަށް ސްވިޑަން އާއި ފިންލަންޑުން ފޯމު ހުށަހެޅީ އެކުއެކީގަ އެވެ. މި ދެ ގައުމަށް ވެސް ޝަރުތުތަކެއްގެ މަތިން ރުހުން ދެއްވާނެ ކަމަށް އުރުދުޣާން ކުރިންވެސް ވިދާޅުވި އެވެ.

މިހެން ކަންއޮއްވައި، ފިންލަންޑަށް މިހާރު ވަނީ ރުހުން ދެއްވައި ނޭޓޯގައި ބައިވެރިކޮށްފަ އެވެ. އެއީ އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީގެ އެދުންތަކަށް ފިންލަންޑުން އިޖާބަދިނުމުންނެވެ.

"ހަމަ މި އުސޫލުން ނޭޓޯއާ ގުޅުމުގެ ފުރުސަތު ފިންލޭންޑަށްވެސް އެބައޮތް،" އުރުދުޣާން ވިދާޅުވި އެވެ.

އިސްލާމް ދީނާ ދެކޮޅަށް ސްވިޑަންގައި ހިންގާ ހަރަކާތްތަކާ މެދު ސަރުކާރުން ވިސްނައި ހަރުދަނާ ބަދަލުތަކެއް ގެނައުމާއި ޕީކޭކޭ ޓެރަރިސްޓުން ސްވިޑަން އިން ބޭރުކުރާހާ އަވަހަށް -- ސްވިޑަންއަށް ރުހުން ދެއްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345