ސްވިޑެން

ގުރުއާން އެންދި ރެފިއުޖީއަށް ސްވިޑަންއަށް ވަދެވުނު ގޮތް ބަލަނީ

ސަލްވާން މޮމިކާ: ގުރުއާން އަންދަން ތައްޔާރުވަނީ - ސްވިޑަންއިން އޭނާގެ ރެސިޑެންސީ ޕާމިޓް ބާތިލުކުރަން ވިސްނަނީ
0%
0%
0%

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގެ މަރުކަޒީ މިސްކިތާއި އީރާގު އަދި ތުރުކީ އެންބަސީ ކުރިމަތީގައި ގުރުއާން އެނދުމުގައި ނަގާކިޔައި އުޅުނު އީރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާއަށް ސްވިޑަން އިން ރެފިއުޖީއެއްގެ ދަރަޖަ ދީފައި އޮތީ ކިހިނެއްތޯ ބަލަމުން އަންނަ ކަމަށް އިދާރާތަކުން ބުނެފި އެވެ.

ސްވިޑަންގެ މައިގްރޭޝަން އޭޖެންސީ ބުނި ގޮތުން ސަލްވާން މޮމިކާއަށް ރެސިޑެންސީ ޕާމިޓް ދޫކޮށްފައި އޮތް ގޮތް ބަލައި ތަފްސީލު ހުށަހަޅަށް އިދާރާތަކުން އެ އޭޖެންސީއަށް އޮތީ އަންގާފަ އެވެ. އަދި އޭނާގެ ރެސިޑެންސީ ޕާމިޓް ބާތިލުކުރަން އަންގާފައި އޮތް ކަމަށް ވެސް މައިގްރޭޝަން އޭޖެންސީން ބުންޏެވެ.

މައިގްރޭޝަން އޭޖެންސީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގެ މީހުންނަށް ސްވިޑަންގައި ދިރިއުޅެން ހުއްދަ ދީފައި އޮންނަނީ ގާނޫނު ހުއްދަކުރާތީ އެވެ. އަދި ރެފިއުޖީންނަށް ވެސް އެ ހައްގު ލިބިދެވެނީ ގާނޫނީ އުސޫލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޖޭންސީއަށް ޝަކުވާ ހުށަހެޅިފައި އޮތުމަކުން ކުއްލި އިޚުތިޔާރެއް ނުކުރެވޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަދި މައްސަލަ ރަނގަޅަށް ބެލުމަށް ފަހުގައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ސްވިޑަންގެ ޓީޓީ ނޫސް އޭޖެންސީ ބުނާ ގޮތުން ސަލްވާން މޮމިކާއަށް ދޫކޮށްފައި އޮތީ ވަގުތީ ހުއްދަ އެކެވެ. އޭނާގެ ހުއްދައިގެ މުއްދަތު 2024 ގައި ހަމަވާނެ ކަމަށްވެސް ނޫސް އެޖެންސީން ބުނެ އެވެ.

ސްވިޑަންގައި ގުރުއާން އެންދުމަށް މި އަހަރުގެ ތެރޭގައިވަނީ ގިނަ ބަޔަކަށް ހުއްދަ ދީފަ އެވެ. މީގެތެރެއިން ވެސް ގުރުއާނަށް އެންމެ އިހާނެތިކޮށް ހިތައި މުސްހަފުން ބޫޓުފޮހެ އަދި ފުޓުބޯޅަ ކުޅެފައިވަނީ ސަލްވާން މޮމިކާ އެވެ.

މުސްލިމުންގެ މުގައްދަސް ފޮތް ގުއުރާނަށް އެހާ އިހާނެތިކޮށް ބަޔަކު ހިތިއިރު ސްވިޑަންގެ ފުލުހުން ވަނީ އެ މީހުންނަށް ރައްކާތެރި ކަމާއި ސަލާމަތްތެރިކަން ދީފަ އެވެ. އަދި ގުރުއާން އަންދަން ބޭނުންހާ ބަޔަކަށް ފުލުހުން ވަނީ ހުއްދަ ދީފަ އެވެ.

ސްވިޑަންގެ މި ނުބައި އަމަލު ކުށްވެރިކޮށް އަރަބި މުސްލިމް ގައުމުތަކުން ވަނީ ބަޔާންތައް ނެރެފަ އެވެ. އަދި އެ ގައުމުތަކުގައި ތިބި އެމްބެސެޑަރުން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުރުހުމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

އަރަބި ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ތިބި ސްވިޑަންގެ އެމްބެސެޑަރުންނާއި ސަފީރުން އަނބުރާ ފޮނުވާލާފަ އެވެ.

މުސްލިމް ގައުމުތަކުގެ މިފަދަ ރައްދުތައް ސްވިޑަންއަށް ވެފައިވަނީ އުފުލަން އުނދަގޫ ބުރައަކަށެވެ. ދުނިޔޭގެ މުސްލިމު އާބާދީން ސްވިޑަން ބޮއިކޮޓް ކުރުމަކީވެސް އެ ގައުމަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345