ޝާހްރުކް ހާން

ޑްރަގް މައްސަލައެއްގައި ޝާހުގެ ދަރިފުޅު ހައްޔަރުކޮށްފި

Oct 3, 2021

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒްލައިނާއެއްގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ބިއުރޯއިން ހިންގި އޮޕަރޭޝަނަކަށް ފަހު އެވެ. ރިޕޯޓަށް ބުނާ ގޮތުން އާރްޔަންގެ މެޑިކަލް އެގްޒަމިނޭޝަނަށް މިހާރު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މުމްބައިގެ ބަދަރުގައި އޮތް މި ކްރޫޒްލައިނާއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލަައިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކުވެސް ހައްޔަރުކޮށް ތަހުގީގު ވަނީ ފަށާފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ހައްޔަރު ކުރުމުން އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުގައި އެ ހަބަރު އެކި ގޮތްގޮތަށް ދަނީ ރިޕޯޓް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ޝާހުރުކު ހާން އާއި އޭނާގެ އަންހެނުން ގޯރީ ހާން ވަކި އެއްޗެއް އަދި ނުބުނެއެވެ.

ނަމަވެސް އެ ދެމަފިރިން އެ މީހުންގެ ގެއިން ނިކުމެގެންދާ މަންޒަރާއި ގޯރީ ޖޭޖޭ ހޮސްޕިޓަލަށް ދިޔަ މަންޒަރު ފޮޓޯ ނަގާ ބައެއް މީހުން ވަނީ އާންމުކޮށްފައެވެ.