ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޖަލްސާ 24 ގައި

Oct 4, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން އައްޔަން ކުރަން، ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މުޅިރާއްޖެ އަށް ހިދުމަތްދޭން ގޮފިތައް ހަދާފައިވާ ހަމައެކަނި ބޭންކް ކަމަށްވާ ބީއެމްއެލް އިން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބާއްވަން ކޮށްފައިވާ އިއުލާނުގައި ބުނީ ހިއްސާދާރުންގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް ފަހިވޯޓް މެދުވެރިކޮށް ކަމަށެވެ.

ޖަލްސާގެ އެޖެންޑާ

  • ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  • ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން
  • ހިއްސާދާރުންގެ ހިޔާލު ފާޅުކުރުން
  • ޖަލްސާ ނިންމުން

ބީއެމްއެލް އިން ބުނީ ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ބޭންކުގެ ކޯޕަރޭޓް މެއިލްއަށް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި ސުވާލު ފޮނުއްވާއިރު ހިއްސާދާރުގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު ޖަހަން އެދިފައިވެ އެވެ.