އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރެވެން މިވަގުތު ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން ވިދާޅުވީ އައްޑޫ ސިޓީގެ އާބާދީ އާއި ސިޓީގެ ބޮޑު މިނަށް ބަލާއިރު ފުލުހުންގެ އަދަދު މަދުކަމުގެ ޝަކުވާ އެ ސިޓީގެ ކައުންސިލުން ވެސް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ހިދުމަތް ދެނީ އާބާދީގެ ނިސްބަތަަށް ބަލައި ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އާބާދީގެ ނިސްބަތަށް ބަލައި ފުލުހުން ބައިތިއްބަން ކަނޑައެޅިފައިވާ މިންވަރަަށް ވުރެ ރާއްޖޭގެ އާބާދީގެ ނިސްބަތުން ފުލުހުން ގިނަ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ އާބާދީތައް ބެހިފައިވާ ގޮތާއި ރަށްތައް އޮންނަ ގޮތުން އެ މިންގަނޑުތައް އެއް ހަމަައެއްގައި ހިފެހެއްޓުމަކީ ދަތިކަމެއް ކަމަށް ވެސް މިިނިސްޓަރު ވެސް އެއްބަސްވެލެއްވި އެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން އައްޑޫ ސިޓީއަށް ފުލުހުންގެ އަދަދު އިތުރު ކޮށްދޭން ޖެހޭ. އެހެން ނަަމަވެސް މިއަދު ފުލުހުންގެ މުޅި އަދަދު އެކުލެވިފައިވާ ގޮތުންނާއި ރާއްޖޭގެ ހުރިހާ ރައްތަކަށް ފުލުުހުންގެ ހިދުމަތް ދޭން ޖެހިފައިވާތީވެ، އެ އަދަދު މިވަތުތަށް އިތުރު ކުރުމުގައި ދަތިތަކެއް ހުރި ވާހަކަ އަޅުގަނޑު މި ދަނީ ހަމަ އެކި ފޯރަމްތަކުގައި ދަންނަވަމުން. އެހެން ނަމަވެސް އެކަން އަޅުގަނޑުމެން ކޮންސިޑާ ކުރަން [ވިސްނަން] " އިމްރާން ވިދާޅުވި އެވެ.