އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ ޝޯރޫމް އެނިވާސަރީ ޕްރޮމޯޝަން ފަށައިފި

Oct 4, 2021

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ފަސް އަހަރު ފުރުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން "އެނިވާސަރީ ޕްރޮމޯ" ގެ ނަމުގައި މިހާރު ފަށާފައިވާ މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ފެން މީޓަރަކަށް އަދި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓް ތަކުން ކަސްޓަމަރުންނަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޑިސްކައުންޓް ލިބޭނީ، ޕްރޮމޯޝަންގެ މުއްދަތުގައި އެނުއަލް ކޮންޓްރެކްޓަކަށް އަންނަ ކަސްޓަމަރުންނަށް މުޅި ކޮންޓްރެކްޓްގެ މުއްދަތަށް ކަމަށެވެ. އަދި މި ކޮންޓްރެކްޓްގައި ފެނުގެ ޓެސްޓް ކުރުމަށް މަދުވެގެން ހަތަރު ސާމްޕަލް ޕޮއިންޓް ހިމަނަވަންވާނެ ކަމަށެވެ.

މި ޕްރޮމޯޝަން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު ކުރިއަށް ދާނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ހިދުމަތް އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނާއި، އާރުއޯ ސްޕެއާޒް، ޕީވީސީ އަދި ޕީއީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ގިނަ ބާވަތްތައްވެސް ޝޯރޫމް މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.