އުރީދޫ

މޫލީ އިން ވިޔަފާރިކޮށްގެން ސާފު ޗެމްޕިއަންޝިޕް ދެ ޓިކެޓް

Oct 5, 2021

އުރީދޫން ސްޕޮންސާ ކޮށްފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދު މިވަނީ ރާއްޖޭގައި ފަށާފަ އެވެ. ފުޓުބޯޅައަށް ލޯބިކުރާ ދިވެހި ފަސްގަނޑުގައި ބާއްވާ މި މުބާރާތުގެ ފޯރިގަދަ ވަމުންދާއިރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރު އުރީދޫން ވަނީ މެޗު ބަލަން ދަނޑަށް ވަންނަން ފަހި ފުރުސަތެއް ދީފަ އެވެ. އެއީ މުބާރާތް ބަލަން ދަނޑަށް ވަންނަން ދެ ޓިކެޓު ދިނުމެވެ.

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯލް މޫލީ އިން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި ދޭ މި ޓިކެޓު މެޗު އޮންނަ ކޮންމެ ދުވަހަކު ދޭނެ އެވެ. ޓިކެޓު ލިބޭ ފަރާތަކަށް ދެ ޓިކެޓު ލިބޭނެ އެވެ. އަދި މި ޓިކެޓް ލިބޭ ފަރާތަކަށް ބޭނުން މެޗެއް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެންވެ މިއީ ހަރުފަތް ބަރިން 75ރ. އަށް އަދި ގޮނޑިބަރިން 100ރ. އަށް ޓިކެޓު ވިއްކާ މުބާރާތް ބަލަން ވަންނަން ލިބޭ ފުރުސަތެކެވެ.

މޫލީގެ ހާއްސަ އެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއެކު ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރި ތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.