ވައްކަން

ކޭޝް ކާޑެއް ވަގަށް ނަގައި ގިނަ އަދަދެއްގެ ފޯނުތަކެއް ގަތް މީހަކު ހޯދަނީ

ކޭޝް ކާޑެއް ވަަގަށް ނަގައިގެން ގިނަ އަދަދެެއްގެ ފޯނު ގަނެފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހާ ފެންނަ ވީޑިއޯއެއް ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަަށެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެ މީހާ ދެނެގަނެވިފައި ނުވާ ކަމަށެވެ.

މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.

ވައްކަމުގެ މައްސަލަތަކުގައިވެސް ތުހުމަތު ކުރެވޭ މީހުން ހޯދަން އެހީއަށް އެދި އެ މީހުން ފެންނަ ވީޑިއޯތައް މީގެ ކުރިންވެސް އާންމުކޮށްފައި ވެއެވެ.