ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އދ. އިސްލާހު ކޮށްދޭން ރައީސް އެދިވަޑައިގެންފި

ޝާހިދުގެ ދައުރުގައި އދ. އިސްލާހު ކޮށްދޭން ރައީސް އެދި ވަޑައިގަތް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އދ. އިސްލާހު ކުރުމުގެ މަސައްކަތް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮށް ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދި ވަޑައިގެންނެވީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަތުމުން މިއަދު ބޭއްވި ދެ ބޭފުޅުންގެ ޖޮއިންޓް ޕްރެސް ސްޓޭޓެމެންޓްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި އދ. އާއި ދެމެދުގެ ގުޅުން ބަދަހިކޮށް، ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭ ގޮތުން ޝާހިދާއެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެއްގޮތަށް އދ. ގެ އެކިއެކު މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށާއި އދ. އިސްލާހު ކުރުމުގެ މަސައްކަތް ޝާހިދުގެ ދައުރުގައި ކުރެއްވުމަށް ވެސް އެދި ވަޑައިގެންފައި ވާނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަިވެދާނެ ނުރައްކަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށައި މޫސުމީ މައްސަލައަށް ހުރިހާ ގައުމަތަކެއް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އެދި ވަޑައިގެންނެވި ކަމަށެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާޫނުނނނ

މޮޔަވީދޯ...

ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

3 އިރު ހަމަޔަށް ނުކައި ތިބޭ މީހުން ގިނަވީ އިބޫގެ ދަޢުރުގައެވެ. ކޮންމެ ކަމަކަށްވެސް ޝާޢަތަކާއި ވަޤުތެއް އޮވެއެވެ. އދ ގެ ވެރިއެއްގެ ޙައިސިއްޔަތުން ޝާހިދުއަށް ޙަރަދު ކޮށްގެން އޭނާ ރާއްޖެގެނެސް (ރައްޔިތުން ބަނޑަށް ކުޅުތަޅައިގެން ތިއްބާ) އިބޫ ގެ އެޖެންޑާ ހިންގަން ވަކި ވަޤުތެއް އޮންނާނެއެވެ. މިއީ އިބޫ ކުޅިކުޅިވަރު ކުޅެންވީ ވަޤުތެއް ނޫނެވެ! ކުޅިކުޅިވަރޭ މިބުނީ އދ އަކީ އިބޫ ދެކޭ ގޮތުގައި އިބޫގެ އެކުވެރިން ގޮވައިގެން ގޮސް މަޖާ ނަގަން އޮތްތަނެކެވެ. ރީކޯ މޫސަ އަށް އިބޫއާއި އެއްކޮން އދ އަށް ދެވުނީ އދ އަކީ އިބޫ ކުޅިސަމާ ޖަހަން އޮތް ތަނެއްވީމާތާއެވެ. އެހެންނޫން ގޮތަކުން ރީކޯ މޫސައަށް އދ އަށް އިބޫއާއި އެއްކޮން ދެވޭނެ ހިންތާ އެއް ނުވަތަ ސަބަބެއް އަޅުގަނޑަކަށް ނުފެނުނެވެ. އދ އަށް ކަންކުރަންވީ ގޮތް ކިޔާދެވޭ ފެންވަރުގެ މީހުން ތިބޭނީ އަމިއްލަ ބެކްޔާރޑް ސާފުކޮށްގެންނެވެ. އެންމެކުޑަމިނުން ރިލްވާންގެ މަރުގެ ސިއްރު ހޯދަން ކުޑަވެސް މަސައްކަތެއް އިބޫ ނުކޮށްފައި އދ އޭ ކިޔައިގެން އަނގަހުޅުވަން ލަދު ކޮބާ ހެއްޔެވެ؟

ހުދާގެ ވައިގެ ބަނދަރު

ށާހިދުގެ އަރިހުން އަރިއަތޮޅު ދެކުނުބުރީ (އދ) އިޞްލާޙަށް އަލް ފަޙާމަތުއްރައީސް އިބުރާޙީމް މުޙައްމަދު ފުޅު އެދިވަޑައިގަން އިރު އިވުރާހީމް ފުޅު ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ބޮއްސުންނލާފަ އެވެ އެއްކަމަކީ ރާއްޖޭގެ ފަންސާސް މީހުން އަލަށް އާބާދުވާން ފެށިފަވާ ފިޔަވަހި 2 ގެ އަވި ފްލެޓް ތަކުގަ އެ ސަރަޙައްދުގަ ހުންނަން ޖެހޭ ކަންކަން ގާއިމް ކުރުމުގައި ސަރުކާރުގެ ދައުރު އެއްވެސް ވަރަކަށް ބަލާފަ ނެތުމެވެ އެއް 1000 ހަށް ގިނަ މީހުން އެތަނުގައި އަބަދުމެ އެކިކަންކަމުގަ އުޅެމުންދާއިރު މިސްކިތެއް ނެތެވެ މަގުތައް އަނދިރި ކޮށް ކުނި އިންތިހާ އެވެ ތަންތަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބެއެވެ ރައްޔިތުން އުޅެމުންދާ ޙާލު އެއްވެސް ވަރަކަށް ނުބަލަ އެވެ ބަލާނެ މީހަކު ަނެތެވެ ޝައިގުވެެިކަމެއް ވެސް ނެތެވެ ކޮންމެ ގޮތެއް ވަރިހަމަ ވީމަ ވާނީ އެހެން ނެވެ ހުޅުމާލޭ އަކީ އެޗްޑީސީގެ ރަށެއް ނޫނެވެ އެޗްޑީސީ މީހުން ވޯޜު ހޯދާކަށް ނާދެއެވެ ވޯޓު ހޯދަން އައި މީހުން އެތިބީ ވޯޓުން ހޮވިގެނެވެ ވީ ވައުދުތައް މުޅިންހެން ބޯމަތިން

123

އދ އިސްލާހު ކުރެވޭނީ ދުނިޔޭގެ ބާރުތަކަށް

އަލިފުތާ

މި އުޅެނީ އިންޑިޔާ އިން ބުނެގެން އިންޑިޔާ ވީޓޯ ގައުމަކަށް ހަދަން ވެގެން. ނުވާނެ ތިކަމެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345