އަބްދުﷲ ޝާހިދު

ޔޫއެންޖީއޭގެ ރައީސްކަން ލިބުނީ ރައީސް ސޯލިހުގެ ސަބަބުން

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް ސޯލިހާ މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބުނީ ރައީސް ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ޔޫއެންޖީއޭގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރައީސް ސޯލިހް ގެންގުޅުއްވާ ފުރިހަމަ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ. އަދި އެމަކުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ރައީސް ސޯލިހަށް ކަމުގައި ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ގެންގުޅުއްވާ އުއްމީދީ ރިޔާސަތުގެ ފަސް ދޯދީގެ ތަސައްވުރަކީ ރާއްޖެ ކަމުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނުގެ ހުރިހާ މަސައްކަތެއް ބައްޓަން ކުރައްވާފައިވަނީ ރާއްޖޭގެ ރިޔާސަތުގައި އދ. އަށް އެދެވޭ ބަދަލުތަކެއް ގެނައުމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރި ގޮތް ހިއްސާ ކުރައްވާފައިވާތީ، އެ ވިސްނުމުގެ ތެރެއިން މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އުއްމީދުގެ ރިޔާސަތަކީ އިސްލާހީ ހެޔޮ ބަދަލުތަކެއް ފެންނާނެ ހަރުދަނާ މަޖިލީހަކަށް ހަދަން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345