ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓްރަމްޕް އަކީ ފޯބްސްއަށް އަރާވަރުގެ މުއްސަންޖެއް ނޫން

ފޯބްސް މަޖައްލާއިން ކަނޑައަޅާ މުއްސަނދިންގެ ލިސްޓުން އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕްއަށް ޖާގަ ގެއްލި ވަޑައިންފި އެވެ.
އެމެރިކާގެ އެންމެ މުއްސަނދި 400 މީހުން ހިމެނޭ ގޮތުން ފޯބްސްއިން އެކުލަވައިލި ލިސްޓުން މިއީ ވޭތުވެދިއަ 25 އަހަރު ތެރޭގައި ޓްރަމްޕްއަށް ފުރުސަތު ގެއްލި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ފޯބްސްއިން ބުންޏެވެ.

ޓްރަމްޕްއަކީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އޭނާގެ އާމްދަނީ ދަށްވާން ޖެހުނު ސަބަބެއް ކަމަށް ރިޕޯޓްތައް ބުނަނީ ކޮވިޑާ ގުޅިގެން އެއްތަނުން އަނެއް ތަނަށް މީހުން ދަތުރުފަތުރުކޮށް އުޅުމަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ.

ގެދޮރު ވިއްކުމާއި ބިން ކުއްޔަށް ދިނުން އަދި ހޮޓާ ހިންގުން ފަދަ ވިޔަފާރީގައި މަޝްހޫރު ޓްރަމްޕަކީ ވާރުތަ ވިޔަފާރީގައި ކާމިޔާބު ބޭފުޅެކެވެ.

ފޯބްސްއިން މިއަހަރަށް އެކުލަވާލި ލިސްޓްގެ އެންމެ ކުރީގައި، އެންމެ މުއްސަނދި މީހާގެ ޖާގައިގައި އޮތީ އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޮސް އެވެ. ދެވަނާގައި ރޮކެޓްމޭން، އީލަން މަސްކް އެވެ. ތިން ވަނާގައި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އެވެ.

މައިކްރޮސޮފްޓްގެ ބިލް ގޭޓްސް އޮތީ ހަތަރު ވަނައިގަ އެވެ. ގޫގުލްގެ ލެރީ ޕޭޖް އޮތީ ފަސް ވަނައިގަ އެވެ. އަދި ސަރުގޭ ބްރިން އޮތީ ހަވަނައިގަ އެވެ.