ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓްރަމްޕްވިދާޅުވީ އެފްޑީއޭ އަކީ މުސްކުޅި، ބަރުހެލި ކަންޒުކަހަނބެއް ކަމަށް

ވޮޝިންޓަން (ޑިސްމްބަރު 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެވަޑައިގެން ޓްވީޓާއަށް ނިކުވެވަޑައިގެންފި އެވެ. އަދި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ކޮވިޑް ވެކްސިނަށް ހުއްދަ ނުދެއްވައި ކުރައްވަނީ ކީއްތޯ ސުވާލު ކުރައްވައިފި އެވެ. އެފްޑީއޭ ކަމިޝަނާ، ޑރ. ސްޓެފަން ހާންއާ މުޚާތަބުކުރައްވައި ޓްރަމްޕް ގޮވާލެއްވީ ކުޅެން ނުތިއްބަވައި ވެކްސިންތަކަށް އަވަހަށް ހުއްދަދެއްވުމަށެވެ.

ޓްރަމްޕް ސިފަކުރެއްވި ގޮތުގައި، އެފްޑީއޭ އަކީ މުސްކުޅި، ބަރުހެލި ކަންޒުކަހަބެކެވެ. އެފްޑީއޭގެ އަމަލުތަކުން ދުނިޔެ ހަލާކުނުކުރައްވައި ފަރުވާ އަވަަސްކުރުމަށް ވެސް ޓްރަމްޕް ގޮވާލެއްވި އެވެ. -- މިހާރު އެފްޑީއޭއިން ވަނީ އެމެރިކާއަށް އެ ހުއްދަ ދީފަ އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެފްޑީއޭ އަށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ. ޓްރަމްޕް ތުހުމަތުކުރެއްވި ގޮތުގައި، އެ މަނިކުފާނުގެ އެޖެންޑާއަށް ހުރަސްއެޅުން ނޫން ކަމެއް އެފްޑީއޭއިން ނުކުރެ އެވެ.

އެފްޑީއޭގެ ގާބިލުކަމާ މެދު ބަޔަކު ކިތަންމެ ވަރަކަށް ޝައްކުކުރި ނަމަވެސް، އެފްޑީއޭއިން ބުނީ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވަނީސް، އާންމު ބޭނުންތަކަށް ހުއްދަނުދޭނެ ކަމަށެވެ. ސަރުކާރުގެ ޕްރެޝަރާ ހެދި ވެކްސިނަށް ހުއްދަދޭން ޖެހިއްޖެ ނަމަ ބައެއް ވެރިން ތިއްބެވީ އިސްތިއުފާދެއްވާ ގޮތަށެވެ.

ސްޓެފަން ހާން ވިދާޅުވީ ވެކްސިން ހުއްދަކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެފްޑީއޭއަށް ލަފާދޭ ކޮމެޓީން ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން ބޭނުންކުރުމަށް ހުއްދަދީފައި ވާއިރު، ދެން ލަހެއް ނުވާނެ ކަމަށެވެ.