ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ފުރިހަމަކުރުމުން މާސްކްއަޅާކަށް ނުޖެހޭނެ: އެމެޒޯން

އެމެރިކާގެ މަޝްހޫރު އޮންލައިން ސުޕާމާކެޓްގެ ގުދަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ފަހު މާސްކް އަޅަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމެޒޯންއާ ހަވާލާދީ ވޯލް ސްޓްރީން ޖާނަލުން ބުނާ ގޮތުން ލުއިތައް ދިނީ އެމެޒޯން ޕާރުސަލްތައް ބަންދުކުރާ ގުދަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި ސްޓޮކް ބެލެހެއްޓުމުގައި އުޅޭ މުވަޒަފުން ފަދަ މަސައްކަތުގެ ދާއިރާގައި އާންމުންމާ މުއާމަލާތް ކުރަން ނުޖެހޭ މުވައްޒަފުންނަށެވެ.

އެމެޒޯނުން ބުނި ކަމަށް ވޯލް ސްޓްރީޓުން ބުނީ ވެކްސިން ފުރިހަމަ ކުރުމަށް ފަހު މަސައްކަތުގައި އުޅެނިކޮށް ކޮވިޑް ޖެހިއްޖެ ނަމަ މުސާރަ ނުކަނޑާ ގޮތަށް ޗުއްޓީ ދެވޭނެ ކަމަށެވެ. އަދި ބަލިން ރަނގަޅުވަން ދެން އެމީހަކަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، ވެކްސިން ޑޯޒް ފުރިހަމަ ނުކޮށް އުޅެނިކޮށް ކޮވިޑް ޖެހުނު ނަމަވެސް އެފަދަ އިނާޔަތެއް ނޯންނާނެ ކަމަށް ވެސް އެމެޒޯނުން ބުނެ އެވެ. އަދި އިތުރު އިނާޔަތެއް ވެސް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެޒޯނުން މީގެ ކުރިން ވަނީ އައިސޮލޭޝަން މުއްދަތު ވެސް ކުރުކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުން ގޭބަންދުގައި ހުންނަން ޖެހޭ މުއްދަތު ހަތް ދުވަހުން ފަސް ދުވަހަށް ބަދަލުކޮށް މަސައްކަތަށް ނުކުންނަން ބޭނުންވާ މުވައްޒަފުންނަށް އެމެޒޯނުުން ފުރުސަތު ދިނީ ޖެނުއަރީގަ އެވެ.

އެމެރިކާގައި ކޮވިޑް ފެތުރިގަތުމާ ގުޅިގެން ނުފޫޒުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ހަރުކަށި ވިޔަވަޅުތައް އެޅި އެވެ. އަދި ބައްޔާއެކު އުޅެން ފެށުމުން ލުއިތަކެއް ވަނީ ދީފަ އެވެ.