ޕެރިސް ފެޝަން ވީކް 2021 ގައި އައިޝްވަރިޔާ ރާއީ ބައްޗަން ބައިވެރިވެ ދައްކާލި ހެދުން ތަކަށް އިންޓަނޭޝަނަލް މީޑިއާ އިން ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވިޔަސް އިންޑިޔާ މީހުންނަށް އޭގެން އެއް ހެދުމެއް ކަމަކު ނުދިޔަ އެވެ. މިއީ ދެ އަހަރެއްހާ ދުވަހަށް ފަހު މި ޝޯގައި އައިޝްވަރިޔާ ބައިވެރިވި ފުރަތަމަ ފަހަރު ނަމަވެސް ފޭނުން ވަނީ އޭނާ އެޅި ހެދުމަކާ ހެދި ވަރަށް މާޔޫސް ވެފަ އެވެ. އަދި ކުރީ ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް އައިޝްވަރިޔާ އަށް ގިނަ ބަޔެއްގެ މަލާމަތާއި ފުރައްސާރައާ ވަނީ ކުރިމަތިވެފަ އެވެ.
ޕެރިސް ފެޝަން ވީކް 2021ގައި އައިޝްވަރިޔާ ރާއީ ބައްޗަން ބައިވެރިވެ ދައްކާލި ހެދުން ތަކަށް އިންޓަނޭޝަނަލް މީޑިއާ އިން ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވިޔަސް އިންޑިޔާ މީހުންނަށް އޭގެން އެއް ހެދުމެއް ކަމަކު ނުދިޔަ އެވެ. މިއީ ދެ އަހަރެއްހާ ދުވަހަށް ފަހު މި ޝޯގައި އައިޝްވަރިޔާ ބައިވެރިވި ފުރަތަމަ ފަހަރު ނަމަވެސް ފޭނުން ވަނީ އޭނާ އެޅި ހެދުމަކާ ހެދި ވަރަށް މާޔޫސް ވެފަ އެވެ. އަދި ކުރީ ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް އައިޝްވަރިޔާ އަށް ގިނަ ބަޔެއްގެ މަލާމަތާއި ފުރައްސާރައާ ވަނީ ކުރިމަތިވެފަ އެވެ.
އައިޝްވަރިޔާ އަކީ ޕެރިސް ފެޝަން ވީކްގައި ވަރަށް ގިނައިން ބައިވެރިވާ ބަތަލާ އެކެވެ. މިފަހަރު ވެސް އޭނާ ބައިވެރިވީ މި ފެޝަން ވީކްގެ ސްޕޮންސާ ލޯރެއާލްގެ ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުންނެވެ.
އައިޝްވަރިޔާ އަށް ފާޑުކީ ފޭނުން ގަބޫލުކުރާ ގޮތުގައި އޭނާގެ ރީތިކަމާ އެއްވަރަށް އޭނާ އެޅި ހެދުންތައް ރީއްޗެއް ނޫނެވެ. އޭނާގެ ރީތިކަމަށް މި ހެދުންތަކަކުން ނުދެއްކުނެވެ. އޭނާ އެޅި ހެދުންތަކުން އޭނާ މާ ފަލަހެން ހީވާ ކަމަކަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ޚާއްސަކޮށް އައިޝްވަރިޔާ ލާފައި ހުރި ރާހޫލް މިޝްރާ ކަލެކްޝަންގެ އެމްބްރޮއިޑަރީ ޖެކެޓަކަށް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ފުޅާ ޖީންސަކާއި ޓޭންކް ޓޮޕަކާއެކު އޭނާ ލާފައި ހުރި މި ޖެކެޓް ވަރަށް ހުތުރުކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.
އައިޝްވަރިޔާ އަށް ފާޑުކީ ބައެއް މީހުން ބުނީ އޭނާ ރީއްޗަށް އޭނާގެ ސްޓައިލިސްޓް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ރީތިކަމާ އެއްވަރަށް އޭނާގެ ހެދުން ރީތިކުރަން ނޭނގެނީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލު ކުރި އެވެ.
"ކިހިނެއްތަ ވެފައި މިހިރީ އައިޝްވަރިޔާއަށް. އޭނާގެ ޖާދޫއެއް ކަހަލަ ރީތިކަން ގެއްލުނީތަ؟ ކީއްވެތަ އޭނާ މާ މުސްކުޅިކަމަށް ފެންނަނީ؟" ކޮމެންޓު ކުރި މީހަކު ބުނެފައި ވެއެވެ.
މިއީ އައިޝްވަރިޔާ އަޅާ ހެދުންތަކަށް ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރަށް އޭނާއަށް މިފަދަ ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.