ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ނުޖަހާ މުވައްޒަފުންނަށް ނޯޕޭލީވް

ކެނެޑާގައި ސްޓޭޓްތަކުގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުން ވެކްސިން ޖެހުން ލާޒިމްކޮށްފި އެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ވެކްސިން ނުޖަހާ މުވައްޒަފުންނަށް އޮތީ ނޯޕޭލީވް އެވެ.

ޔޫރަޕްގައި ސަރުކާރުން ވެކްސިން ޖަހަން ބާރުއެޅުމަކީ ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ މަގުބޫލްކަން އިތުރުވާ ކަމެކެވެ. މިއަހަރު ސެމްޕްޓެމްބަރުގައި އޮތް އާންމު އިންތިހާބުގައި ޓްރޫޑޯ ވަނީ މި ސްޓަންޓް ޖައްސަވައި – ވެކްސިން ޖެހުން ލާޒިމްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކެނެޑާގައި ދަތުރުފަތުރުކޮށް އުޅުމުގައި 12 އަހަރުން މަތީ ކޮންމެ މީހަކު ވެކްސިން ޖަހަން ޖެހެ އެވެ. އެއީ ޑޮމެސްޓިކް ފްލައިޓެއް، ކާރެއް ނުވަތަ ރޭލަކުން ދަތުރުކުރާ މީހެއް ނަމަވެސް އެވެ.

ތަފާސްހިސާބުތައް ބުނާ ގޮތުން ކެނެޑާގައި 300،000 ސިލިވް ސާވަންޓުން އުޅެ އެވެ. ވެކްޖެހުން ލާޒިމްކުރާ ހިސާބަށް ގޮސްފައި ވަނީ މީހުން އެއްބާރުލުން ނުދޭތީ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުގައި ވެކްސިން ޖެހުމާ ދެކޮޅު މީހުން އުޅެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ވެކްސިން ޖެހުމުން ހަށިގަނޑަށް ގެއްލުންވުން ނޫން ކަމެއް ނުވެ އެވެ. އަދި ޚާއްސަކޮށް ކޮވިޑް ވެކްސިނަކީ ބޭސްވެރިކަމަށް ވަރަށް އާ ފަރުވާއަކަށް ވެފައި ވެކްސިން ޖެހުމުން ދެންވާނެ ގޮތް ކިޔައިދޭން ވެކްސިން އުފެއްދި މީހުންނަށް ވެސް ނޭނގެ އެވެ.

ކޮވިޑް ވެކްސިން ޖެހުމުން ދަރިމައިނުވުމާއި ލޭގަނޑުވުން ފަދަ ހާލަތްތައް މަދުން ނަމަވެސް ރިޕޯޓްކޮށްވައި ވެއެވެ. މީޑިއާތަކުގައި މިފަދައިން ދެކެވޭ ވާހަކަތަކަށް ބިރުން ވެކްސިނަށް ފިލައިގެން އުޅޭ މީހުން ވަރަށް ގިނަ އެވެ.