ދުނިޔެ

އެންޖެލާ މާކެލް އިޒްރޭލަށް

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް މިއަދު އިޒްރޭލަށް ވަޑައިގަންނަވާނެ އެވެ. އެކަމަނާ ގައުމުތަކަށް ކުރައްވާ ވަދާއީ ދަތުރުފުޅުގައި އިޒްރޭލަށް ވަޑައިގެން ފަލަސްތީނާ އިޒްރޭލް ސުލްހަ ވުމަށް އެދިވަޑައިގަންނަވާނެ އެވެ. އަދި ދެ ދައުލަތް އެކުއެކީގައި މިނިވަން ކަމާއެކު ހިނގައިގެން ނޫން ގޮތަކަށް އިޒްރޭލު - ފަލަސްތީން ހަމަނުޖެހުންތައް ހައްލު ނުކުރެވޭނެ ކަމަށް ދަންނަވާނެ އެވެ.

ޗާންސެލަރުގެ ތަރުޖަމާން ސްޓެފަން ސީބާޓް ޖަރުމަނުގެ ވެރިރަށް ބާލިންގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތައް މިހާރު އޮތީ "ސައި" ވެފައި ކަމަށާއި މަޝްވަރާތައް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން ޖެހިފައި އޮތް ކަމަށެވެ.

އެންޖެލާ މާކެލްގެ ދަތުރުފުޅު ހަފުތާބަންދާ ދިމާކުރި ސަބަބެއް ކަމަށް ތަރުޖަމާން ވިދާޅުވީ އެކަމާނެ ތަގުރީރު އަޑުއަހާނެ މީހުން ގިނަ ކުރެއްވުން ކަމަށެވެ.

މާކެލް އިޒްރޭލަށް ކުރައްވަނީ ތިން ދުވަހުގެ ދަރުފުޅެކެވެ. ތަރުޖަމާން ވިދާޅުވި ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް އަދި ރައީސް އިޒްހަކް ހެރްޒޮގްއާ ބައްދަލު ކުރައްވާނެ އެވެ. އަދި އިޒްރޭލުގެ ކެބިނެޓް މެމްބަރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ސްޓެފަން ސީބާޓް ވިދާޅުވި ގޮތުގައި އިޒްރޭލު ތެރެއިން އާޅާފައި ޗާންސެލަރު ފަލަސްތީނަށް ވަޑައެއް ނުގަންނަވާނެ އެވެ. އެހެން ނަމަވެސް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސަށް އެކަމަނާގެ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު އަރުވާނެ އެވެ.

ތަރުޖަމާން ވިދާޅުވީ ޗާންސެލަރު އިޚްތިޔާރު ކުރައްވަނީ އިޒްރޭލާ ފަލަސްތީނާއެކު ކުރެވޭ މަޝްވަރާގައި މީޑިއާއަށް އެނގެން ޖެހޭ އެއްޗެއް ނެތް ނަމަ އެވާހަކަ ސަރުކާރުގެ ރެކޯޑްތަކުގައި އެކަނި ބެހެއްޓެވުމަށެވެ.