އިނގުރައިދޫ

އިނގުރައިދޫން ގެއްލުނު މީހާ ފެނިއްޖެ

Oct 10, 2021

ރ. އިނގިރައިދޫން ގެއްލި، އިއްޔެއިން ފެށިގެން ހޯދަމުންދިޔަ މީހާާ ފެނިއްޖެ އެވެ.

އިނގުރައިދޫން ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ސަނީ ސައިޑް / އަލީ ގާސިމް 72، އެވެ. އޭނާ ހޯދަން ފެށީ އިއްޔެ ހެނދުނު ވަދާ ދޯންޏެއްގައި މަހަށް ނުކުތް ގޮތަށް މިއަދު ހެނދުނުވީ އިރުވެސް ހަބަރެއް ނުވެގެނެވެ.

ނަަމަވެސް ރަށު ކައުންސިލުން ބުނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ދޯންޏާއެކު ފަޅު ތެރެގައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އަދި ބުނީ އޭނާ ހާލު ރަނގަޅު ކަމަށާ އޭނާގެ ހަބަރެއް ނުވީ ފޯނު ބާއްވާފައި ދިއުމުން ކަމަށެވެ.