ދުނިޔެ

ނިއުކްލިއާ އެއްބަސްވުމަކަށް ވަގުތު ކުޑަތަންވެދާނެ: މާކެލް

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލި ބެނެޓް (ކ) އަދި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް: އީރާން ނިއުކްލިއާ އެއްބަސްވުން އަވަސް ކުރަން ޖެހޭ
0%
0%
0%

ޖަރުމަނުގެ ޗާންސެލަރު މިހާރު ވަޑައިގެން އުޅުއްވަނީ އިޒްރޭލުގަ އެވެ. މިއީ އެކަމަނާ ޗާންސެލަރު ކަމުން މިއަހަރު ވަކިވެ ވަޑައިގަތުމުގެ ކުރިން ގައުމުތަކަށް ކުރައްވާ ވަދާއީ ޒިޔާރަތެކެވެ.

މާކެލް އިޒްރޭލަށް ކުރައްވަނީ ތިން ދުވަހުގެ ދަރުފުޅެކެވެ. މި ދަތުރުފުޅުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް އަދި ރައީސް އިޒްހަކް ހެރްޒޮގްއާ އެކަމަނާ ބައްދަލު ކުރައްވާނެ އެވެ. އަދި އިޒްރޭލުގެ ކެބިނެޓް މެމްބަރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

އިޒްރޭލަށް ވަޑައިގެން މާކެލް ރިޕޯޓަރުންނަށް ވިދާޅުވި ގޮތުގައި ވިއެނާގައި ހިނގަމުންދިއަ އެކަމަކު މިހާރު ހުއްޓިފައި އޮތް އީރާން ނިއުކްލިއާ އެއްބަސްވުން އަލުން ފެށުމުގައި ޗައިނާއާ ރަޝިއާއަށް ވެސް މުހިންމު ދައުރެއް އަދާ ކުރެވިދާނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް އާއެކު އޮތް ނޫސް ކޮންފަރެންސެއްގައި މާކެލް ވިދާޅުވީ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ނިޔަތްގެންފައި އޮތް ގޮތަށް ކުރިއަށް ނުދާ ނަމަ މަގަށް އެޅުވުމުގައި ދުނިޔޭގެ ބާރުތަކުން އެހީތެރިވާން ޖެހޭ ކަމަށެވެ.

ޖޭސީޕީއޯއޭ އަކީ އީރާނުން ހަތިޔާރު އުފައްދާ ފެންވަރަށް ނިއުކްލިއާ މުއްސަދި ކުރުން ހުއްޓުވުމަށް އެމެރިކާއާ ވިލާތުން އީރާނާއެެކު 2015 ގައި ވެފައި އޮތް އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން އިރާނަށް ނިއުކްލިއާ މާއްދާތައް އެންމެ ބޮޑަށް ވެސް މުއްސަދިކުރެވޭނީ ހަކަތަ އުފެއްދޭ ފެންވަރަށެވެ. އަދި އެއީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބަލާ ފާސްކުރުމަށް ފަހު އެވެ.

އެމެރިކާގައި ޑޮނަލްޑް ޓްރަމްޕް ވެެރިކަން ކުރެއްވިއިރު 2018 ގައި ޖޭސީޕީއޯއޭ ވަނީ އުވާލާފަ އެވެ. އަދި އީރާނަށް އިގުތިސޯދީ ގޮތުން ދަތިކުރަން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ.

ޖޯ ބައިޑަން އެމެރިކާ ސަރުކާރާ ހަވާލުވެ ވަޑައިގެން މިހާރު ގެންދަވަނީ ޖޭސީޕީއޯއޭއަށް އިރާން އެއްބަސްކުރެވޭތޯ ބަލަމުންނެވެ. މިކަމުގައި އީރާންގެ ދުވެލި ވަރަށް މަޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910