ރައީސް އޮފީސް

ދާދިފަހުން ފާސްކުރި ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަނީ

Dec 1, 2015
1
ރައީސް އޮފީސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކޮށް، ތަސްދީގު ކުރި ޓެރަރިޒަމް މަނާކުރުމާއި ބެހޭ ގާނޫނުނަށް އިސްލާހެއް ގެނައުމަށް ގައުމީ ސަލާމަތީ މަޖުލީހުން ރައިސް އަށް ލަފާ އަރުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރެރިޒަމް މަނާކުރުމާއި ބެހޭ ގާނުނުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ގައުމީ ސަލާމަތާއި ބެހޭ މަޖުލީހުން ރައީސް އަށް ލަފާ އަރުވާފައި ވާތީ އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ މާއްދާގައި ބުނަނީ އެ ގާނޫނު އިސްލާހުކޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓެއް އެކުލަވާލަން ވާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ ސަލާމަތާ ބެހޭ މަޖިލީހުން އެގޮތަށް ލަފާދިނީ ރާއްޖެއިން އެފަދަ ލިސްޓެއް އެކުލަވާލަން އުނދަގޫ ކަމަކަށް ވާނެތީ އާއި އަދި އެފަދަ ލިސްޓެއް އެކުލަވާލުމުގައި ވިސްނަން ޖެހޭނެ ގިނަ ކަންތައްތަކެއް ހުންނާނެތީ ކަމަށެވެ. ގާނޫނުގައި ބުނާ މުއްދަތުގައި އެ ލިސްޓް އެކުލަވާނުލާ ވެސް އޮތީ މުއާޒު ވިދާޅުވި ގޮތުގައި އެ މާއްދާއަށް ސަރުކާރުން އިސްލާހު ހުށަހެޅުމުގެ މަސައްކަތްތަކެއް ކުރާތީ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910