ހަބަރު

ވެރިކަމާއި ބާރު އަދި ފުރާނަ ދެއްވަނީ އަދި ގެންދަވަނީ ﷲ: އަދީބު

Jan 17, 2015

ރައީސްކަމާއި ވެރިކަމާއި ބާރާއި ފުރާނަ ދެއްވަނީ އަދި ގެންދަވަނީ ވެސް މާތްﷲ ކަމަށާއި އެކަމުގައި އިންސާނުންގެ ބާރެއް ނޯންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއްގެ ގޮތުގައި ހުންނެވި އަދީބު މިހެން ވިދާޅުވެ ޓްވީޓްކުރައްވާފައި މި ވަނީ ސަރުކާރުން ގާނޫނު އަސާސީ އަށް ކަމޭ ނުހިތާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކަމުގައި ސަރުކާރާ ދެކޮޅަށް އެއްގަލަކަށް އަރަން ތައްޔާރަށް ތިބި ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވަނީ މި ސަރުކާރުން ހުދުމުހުތާރުކަން އިސްކުރާ ކަމަށް ބުނެ ސަރުކާރުގެ މަސައްކަތް ފެއިލް ކޮށް ފަޟީހަތް ކޮށްލާނެ ކަމަށް ވެސް ބުނެފަ އެވެ.

"އަހަރެމެން ހަނދާންކުރަން ޖެހޭ، 'ރައީސްކަން، ވެރިކަން، ބާރުވެރިކަން، އަދި ފުރާނަ ވެސް ދެއްވަނީ ﷲ. އަދި އަނބުރާ ގެންދަވަނީ ވެސް ﷲ،" އަދީބުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.