ޖޭއެސްސީ

ޖިނާއީ މައްސަލަތައް ނުބަލާ ގާޒީއަކު ސަސްޕެންޑްކޮށްފި

Oct 12, 2021

ހަވާލު ކުރާ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ނުބައްލަވާ ގާޒީއަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި ހދ. ކުޅުދުއްފުށީގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޖޭއެސްއސީން އިތުރަށް ބުނީ ޖިނާއީ މައްސަލަތައް ނުބަލާ ކަމަށް ގާޒީ އަމިއްލަފުޅަށް ވެސް އިއުތިރާފުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ގާޒީ ހަމައެކަނި ޖިނާއީ މައްސަލަތައް ނުބައްލަވާ ސަބަބު ޖޭއެސްސީ އިން ސާފު ކޮށްދީފައެއް ނުވެ އެވެ.

ގާޒީ ސަސްޕެންޑް ކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑްކޮށްފައި ވަނީ މުސާރައާ އިނާޔަތްތައް ވެސް ކަނޑާލުމަށްފަހު އެވެ.