ހަބަރު

ބޮޑެތި ތުހުމަތުތަކާއެކު ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

Jun 10, 2020

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ މައުސޫމާ ގުޅޭ ތުހުމަތުތައް ތަހުގީގު ކުރުމަށެވެ. އަދި އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރާށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މައުސޫމް ފާޅުގައި ރިޝްވަތު ނަގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއްގެ މައްސަލަ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި އެ ނޫން ވެސް މައްސަލަތަކެއް ދަނީ ބަލަމުންނެވެ.