މޯލްޑިވްސް ޕޮލިސް ސާވިސް

ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަނީ

Oct 13, 2021

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ފިލައިގެން އުޅޭ މީހަކު ތަހުގީގަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު ހާމަކޮށް ތަހުގީގަށް ހާޒިރުވާން އަންގާފައިވަނީ ނ. ހޮޅުދޫ، މިންވަރު، އަބްދުﷲ ރަޖީހު، 27 އަށެވެ.

އޭނާ ހޯދަނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރު ވާން އަންގާ ޗިޓް ރައްދު ކުރެވިފައެއް ނުވެއެވެ.

ފުލުސް އިދާރާއިން ބުނީ ރަޖީހުގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ތަހުގީގަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފައި ވަނީ ފުލުހުންނަށް ލިބޭ ގާނޫނީ ބާރުގެ ތެރޭން ކަމަށެވެ.