މޫސުން

މޫސުމުގެ އެލާޓް 15 އަތޮޅަކަށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން މޫސުމީ އިންޒާރު ދީފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 10:15 އިން ހަވީރު 4:00 އަށެވެ. ފަނަރަ އަތޮޅަކަން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް އުތުރާއި މެދު އަތޮޅުތަކުގެ ދަތުރުތަކުގައި ސަމާލުވާން އެދިފައިވެއެވެ.