މާލޭ ސިޓީ

ބޯކޮށް ވާރޭ ވެހި މާލެ ފެނު އަޑީގައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެ އެވެ.

މާލެއަށް މިއަދު ހެނދުނުން ފެށިގެން ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ދަނީ މަގުތަކަށް ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ގޭގެއަށް ފެން ވަންނާތީ ފެން ވަނުން ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ދަނީ ވެލި ބަސްތާ ޖެހުމަށް އެހީތެރިކަންވެސް ފޯރުކޮށްދެެމުންނެވެ.

މާލޭގައި ފެން ބޮޑުވުމުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުން އުދަވެސް އަރަމުން އެބަދެ އެވެ.

މާލެއާ އެއްގޮތަށް ބައެއް ރަށްރަށަށްވެސް ބޯކޮށް ވާރޭވެހި ފެން ބޮޑުވަމުންދާ ކަމަށް ބައެއް ކައުންސިލްތަކުން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް މިއަދު އިރުއޮއްސި 6:15 އާ ހަމައަށް އޮރެންޖު އެލާޓް ނެރެފަ އެވެ.