ރާއްޖެ ކުޅިވަރު

ގައުމީ ބާސްކެޓް ސްކޮޑުން 12 ކުޅުންތެރިއަކު ބާކީކޮށްފި

އަންނަ ފެބްރުއަރީ މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމު ނެގުމަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ފަހު ސްކޮޑުން 12 ކުޅުންތެރިއަކު އުނިކޮށްފި އެވެ.

ކޯޗު އަހުމަދު ފަޔާޒް 32 ކުޅުންތެރިންގެ ސްކޮޑް 20 އަށް މަދުކޮށްފައިވާއިރު ޓީމު އެކުވެރިކަމުގެ މެޗުތަކަށް ރާއްޖޭން ބޭރަށް ފުރުމުގެ ކުރިން މި އަދަދު 15 އަށް ތިރިކުރާނެ އެވެ.

ޓީމުގައި މި ވަގުތު ތިބީ ޓީރެކްސް ފަސް ކުޅުންތެރިންނާއި ހަރިކޭންގެ ތިން ކުޅުންތެރިއަކާއި ރެޑްލައިންގެ ފަސް ކުޅުންތެރިންނާއި ދިވެހި ސިފައިންގެ ކުލަބާއި ޔޫއެން ފްރެންސްގެ ކުރެ ކޮންމެ ކުލަބަކުން ތިން ކުޅުންތެރިންނާއި ސްޓިންގާސް ބާސްކެޓް ކުލަބުގެ ކުޅުންތެރިއެކެވެ.
ސާފް ގޭމްސްގެ ކުރިން މި ސަރަހައްދުގެ ގައުމަކުން ގައުމީ ޓީމަށް އެކުވެރިކަމުގެ މެޗުތަކަށް ހޯދައިދިނުމަށް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފަހަރުގެ ސާފް ގޭމްސް އިންޑިޔާގައި ބާއްވާއިރު މުބާރާތް ކުރިން އޮތް ތާރިހަށްވުރެ އެއް މަސްދުވަސް ވަނީ ފަސްކޮށްފަ އެވެ.