ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށް ފިލްމީ ތަރި، އަބްދުﷲ މުއާޒް އައްޔަން ކުރައްވައިފި އެވެ.
މުއާޒު އެ މަގާމަށް އައްޔަން ކުރެއްވި އިރު ނިިމިގެން ދިޔަ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން ހަމަ އެ މަގާމު ފުރުއްވައިފައި ވެއެވެ.
ސަރުކާރުގެ އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި 25،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
މުއާޒަކީ އެކްޓަރެއްގެ އިތުރުން މިހާރު ފިލްމު ޑައިރެކްޓަރެއް ވެސް މެއެވެ.