އެޗްޑީސީ

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުން ހޮނިހިރު ދުވަހު

Oct 14, 2021

އެޗްޑީސީ އާއި ދިރާގު އަދި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް ގުޅިގެން ފާހަގަކުރާ އިސްރަށްވެހިންގެ ދުވަސް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީން މި ހަރާކާތް ކުރިން ބާއްވަން ނިންމާފައި ވަނީ މިމަހުގެ ދެވަނަ ދުވަހުގަ އެވެ. ނަމަވެސް މާލޭ ސަރަހައްދަށް އެ ދުވަހު ވިއްސާރަވުމުން އިވެންޓް ފަސްކުރީ އެވެ. އަލުން އިސްރަތްވެހިންގެ ދުވަސް ހޮނިހިރު ދުވަހު ފާހަގަކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުން އޮންނާނީ ހޮނިހިރު ދުވަހު ހުޅުމާލޭ އެއްވަނަ ނަންބަރު ރުއްގަޑުގަ އެވެ. ހަރަކާތްތައް ކުރިއަށްދާނީ ހެނދުނު 6:30 އިން 8:30 އަށެވެ.