ބޮލީވުޑް

ޖޫހީ އާއި "ރޯޖާ"ގެ ބަތަލާ މަދޫ އަކީ ދެ ފަހަރިން!

ސޮނީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެޕިސޯޑެއްގައި ތަންކޮޅެއް ކުރީގެ މަޝްހޫރު ތިން ބަތަލާއަކު ބައިވެރިވެއްޖެ އެވެ. އެއީ ޖޫހީ ޗައުލާ އާއި މަދޫ ޝާހް އަދި އައިޝާ ޖުލްކާ އެވެ.

މި ޝޯގެ ޕްރޮމޯއެއްގައި ޖޫހީ އާއި ކަޕިލް ސުވާލެއް ކުރެ އެވެ. އޭނާ އާއި މަދޫއާ ތިމާގެ ކަން އެނގިފައިވާ ކަމަށާއި އެއީ ތެދެއްތޯ؟ އެވެ. ޖަވާބުގައި ޖޫހީ ބުނަނީ އޭނާ އާއި މަދޫ އަކީ ދެ ފަހަރިން ކަމަށެވެ.

ޖޫހީ ބުނި ގޮތުގައި ޖޫހީގެ ފިރިމީހާ އާއި މަދޫގެ ފިރިމީހާ އަކީ ދެބެންގެ ދެ ދަރި ދެބެންނެވެ. އޭނާ އާއި މަދޫ އާއިލީ ގޮތުން ގުޅިފައިވަނީ އެހެންވެ އެވެ. އަނެއްކޮޅުން މަދޫ އަކީ ހެމާ މާލިނީ އަށް ބޮޑުދައިތަ ކިޔާ މީހެކެވެ. އެގޮތުން ހެމާގެ އާއިލާއާ މަދޫ ވަނީ އާއިލީ ގޮތުން ގުޅިފަ އެވެ.

މި ތިން ބަތަލާއިން ބައިވެރިވާ ކަޕިލް ޝަރުމާ ޝޯގެ އެޕިސޯޑުގައި ވަރަށް މަޖާ ވާހަކަތައް މި އެކްޓަރުން ވަނީ ކަޕިލްއާ ހިއްސާ ކޮށްފަ އެވެ.

އަކްޝޭ ކުމާރުގެ "ކިލާޅީ" އާއި އެނޫންވެސް ގިނަ ފިލްމުތަކެއްގައި ބަތަލާގެ ރޯލު އަދާކުރި އައިޝާ ޖުލްކާ ބުނި ގޮތުގައި އޭނާ އެ ދުވަސްވަރު ދެ ތިން ފިލްމުގައި އެއްފަހަރާ މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެންވެ ޝޫޓިންގައި އުޅޭއިރުވެސް ނިދޭތީ މޫނާއި ލޮލުގައި ސޮޑާ އުނގުޅަން އަކްޝޭ އިރުޝާދުދޭ ކަމަށް އައިޝާ ބުންޏެވެ.