ސްޓެލްކޯ

މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

Oct 15, 2021

ހުޅުމާލެއާއި މާލެއިން މާދަމާ ހެނދުނު އެއް ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެެއީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިގެން ކުރިއަށް ގެންދާ ޓެސްޓްތަކެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.

"މިފަދަ ކަމެއް [ކަރަންޓް ކެނޑުން ކަހަލަ ކަމެެއް] ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.

މާލޭގެ ބޮޑު ބަޔަކުން މިދިޔަ ބުދަ ދުވަސް ކަރަންޓް ކެނޑި ބައެއް އިދާރާތަކުގެ ހިދުމަތް ވެސް އެތައް އިރަކަށް މެދުކެނޑިގެން ދިޔަ އެވެ.

ސްޓެލްކޯ އިން މިހާރު މާލެއާއި ހުޅުމާލެއަށް ކަރަންޓް ދެނީ އެއް ވިއުގަ އަކުން ގުޅާލާފައިވާ ކަރަންޓް ކޭބަލަކުންނެވެ. ކަރަންޓް ވިއުގަ ގުޅާލުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ހުޅުމާލޭގައި އަލަށް އިމާރާތް ކޮށްފައިވާ 50 މެގަވޮޓުގެ އާ އިންޖީނުގެ އެވެ.