ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ މައި އޮފިސް -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ބައިގަޑިއިރު ތެރޭގައި މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހުންނަ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދު ކެނޑުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް ވެސް އެދިފަ އެވެ.

މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖު- މެދުވެރިކޮށް 100 ކިލޯވޮޓްގެ ކަރަންޓުގެ ވިއުގައެއް އަޅާފައިވެ އެވެ.

މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ހިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345