ސްޓެލްކޯ

މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

Jan 20, 2022

މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ވަގުތު ކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން މިރޭ ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނެންސް މަސައްކަތް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މާދަމާ ހެނުނު 6 އިން 6:30 އާ ދެމެދު މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.