ހަބަރު

ޑިފެންސް މިނިސްޓަރުގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކޮށްފި

Jan 18, 2015

ޑިފެންފް މިނިސްޓަރު މުހައްމަދު ނާޒިމް އުޅުއްވާ ގެއަށް ރޭ ފަތިހު ފުލުހުން ވަދެ ފާސްކޮށްފި އެވެ.

ގ.އިނީފް ގޭގެ ދޮރު ވައްޓާލައިގެން ފަތިހު 3:30 އެހާއިރު ފުލުހުން ވަދެ ފާސްކުރުމަށް ފަހު އެތަން ދޫކޮށް ދިޔައީ އިރު އެރި ފަހުންނެވެ. ގިނަ އަދަދެއްގެ ފުލުހުން ގޮސް ގެ ފާސްކުރި ނަމަވެސް މިއީ ކޮން ކަމަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

"ހަވީރު އޮންލައިން" ގައި ނާޒިމްއާ ހަވާާލާދީ ބުނެފައި ވަނީ ނާޒިމްގެ އެޕާޓްމަންޓާއި އޭނާގެ އެޕާޓްމަންޓުގެ ކުރިމަތީގައި ހުންނަ، ބިދޭސީން އުޅޭ އެޕާޓްމަންޓަކަށް ފުލުހުން ވަން ކަމަށެވެ.

އެ ގެ ފާސްކުރަމުން ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް މަދުތައް ވެސް ބަންދުކޮށްފަ އެވެ.

ގެ ފާސްކުރުމަށް ފަހު ފުލުހުން ދިޔައިރު ބައެއް ލިޔެކިޔުންތައް ގެންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުުލުހުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.