މޫސުން

ގެއްލިގެން ހޯދަމުން ދަނީ ހަތަރު އަހަރުގެ ކުއްޖެއް

ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލެ އިން ވ އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ހަވީރު 5:10 ގައެވެ. މި ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ފެނިފައެވެ. ހަބަރެއް ނުވެ ވަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު މިހާރު ވަނީ ގުރައިދޫ ފަޅަށް ވައްދާފައެެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.