މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއި ގުޅިގެން އެމްޓީސީސީ އިން މާލެ-ވިލިމާލެ ފެރީ ދަތުރުތައް ކެންސަލުކޮށްފި އެވެ.
އެމްޓީސީސީ އިން މިރޭ ބުނީ މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއި ގުޅިގެން އެމްޓީސީސީ އިން މާލެ-ވިލިމާލެ ފެރީ ދަތުރުތައް ކެންސަލުކޮށްފައިވާ ކަމަށެވެ. ދަތުރުތައް އަލުން ފަށާނީ މޫސުން ރަނގަޅުވުމުން ކަމަށްވެސް ބުންޏެވެ.
އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އެމްޓީސީސީ އިން މާލެ-ވިލިމާލެ ފެރީ ދަތުރުތައް ކެންސަލުކޮށްފައި މިވަނީ ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި އަންހެނަކު މަރުވެ ކުއްޖަކު ގެއްލިފައިވަނިކޮށެވެ.