ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫގައި ކޮވިޑްގެ މަސައްކަތްތަކަށް ވޮލަންޓިއަރުން ހޯދަނީ

Oct 16, 2021

އައްޑޫ ސިޓީގައި ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެެއްގައި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 21ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

ހޮސްޕިޓަލުން ބުނީ ސީވީ އާއި އެކު އެކަމަށް އެދި ސިޓީ އަކުން ހުށަހެޅި ނަމަވެސް ނުވަތަ އީމެއިލް ކުރި ނަމަވެސް ހުށަހެޅުން ބަލައިގަންނާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ކޮވިޑް ޖެހިގެން މިވަގުތު ފަރުވާ ދެނީ 243 މީހުންނަށެވެ. މީގެތެރެއިން ތިން މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

އައްޑޫގައި މިހާތަނަށް ޖުމްލަ 1،756 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 1،509 މީހުން ވަނީ ބަލިން ރަނގަޅު ވެފަ އެވެ.

ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އައްޑޫގައި މިހާތަނަށް ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތަށް މާބޮޑު ބަދަލެއް އައިސްފައި ނުވާތީ މިވަގުތު ވެސް އެ ސިޓީ އޮތީ މޮނިޓަރިންގަ އެވެ.