ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

އައްޑު އަތޮޅުގައި ކޮވިޑް-19 އަށް ޓެސްޓުތައް ކުރަން ފަށައިފި އެވެ.

އެންމެ ދެކުނުގެ އެ ސިޓީގައި ކޮވިޑް-19 އިގެ ޓެސްޓު ކުރުން މިއަދު ފަށާފައިވާއިރު މިއީ މާލެ ފިޔަވައި ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ ފުރަތަމަ ސިޓީ އެވެ. ކޮވިޑް ޓެސްޓުތައް އައްޑޫ ގައި ކުރަނީ، ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19 އިގެ ޓެސްޓު ކިޓުތައް އެ ހޮސްޕިޓަލަށް މިއަދު ލިބިފައިވާ ކަމަށާއި ޕީސީއާރު ޓެސްޓް ހަދަން މިހާރު ތައްޔާރު ވެފައިވާ ކަމަށެވެ.

މާލެއިން ސ. އަތޮޅަށް ގޮސް އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ޓްރާންސިޓް ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދިވެހި އަންހެނަކު ވަނީ މިދިޔަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ކޭހަކީ ދެކުނުގެ އަތޮޅަކުން ކޮވިޑްގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކޮވިޑް-19 އިގެ ޕޮޒިޓިވް 2013 ކޭސް ރާއްޖެއިން ފެނިފައިވާއިރު 1217 މީހަކު ވަނީ ބަލިން ގަދަ ވެފައެވެ. އަދި، އަށް މީހަކު ވަނީ މަރުވެފައި ވެއެވެ.