ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jun 12, 2020
1

އައްޑުއަށް ގޮސް އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ޓްރާންސިޓް ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދިވެހި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭނާ ޕޮޒިޓިވްވެފައި ވަނީ މާލެއިން ރަށަށް ދިޔަ ފަހުންނެވެ.

އުމުރުން 65 އަހަރުގެ މީހާއަކީ އޭނާއަށް މާމަ ކިޔާ އަންހެން ދަރިފުޅާއެކު ކަރަންޓީން ކޮޓަރި ޝެއާކުރި މީހެކެވެ. ނަމަވެސް ކުޑަ އަންހެން ކުއްޖާ އަށް ކޮވިޑް ބަލި ޖެހިފައެއް ނުވެ އެވެ.

ނެޝަނަލް އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ މިހާރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް ބައްޔަށް މިހާތަަނަށް ރާއްޖެއިން 1976 މީހުން ޕޮޒިޓިވް ވެފައިވާއިރު 1153 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ. އަދި އަށް މީހަކު ބަލީގައި މަރުވެފައި ވެއެވެ.