ހޮލީވުޑް

ބޮޑު ސްކްރީން ފަތަހަކުރުމަށް ފަހު ރާމްބޯ ޓީވީ އަށް

Dec 2, 2015

އެކަމަކު ފޮކްސް އިން އުފައްދާ މި ޓީވީ ސީރީޒްއެއްގެ ވާހަކަ ފެށުމުގެ ކުރިން ސިލްވެސްޓާ ސްޓެލޯންގެ އަނެއް މަޝްހޫރު މަސައްކަތް ކަމުގައިވާ "ރޮކީ" ގެ ސްޕިން-އޮފްއެއް އަދި ސީކުއެލްއެއްގެ ގޮތުގައި ނެރެގެން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އާ ފިލްމު "ކްރީޑް" ގެ ވާހަކައަކުން ފަށައިގަންނަމާ ހިނގާށެވެ.

މައިކަލް ބީ. ޖޯޑަން ލީޑް ރޯލު ކުޅެފައިވާ "ކްރީޑް" އަކީ "ރޮކީ ފިލްމު ސިލްސިލާ" ގެ ހަތް ވަނަ ފިލްމެވެ. ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ސިލްވެސްޓާ ލީޑް ރޯލު ކުޅުނު އޮރިޖިނަލް "ރޮކީ" އަށް ފަހު ފެނިގެން ދިޔަ އެފަދަ ދެ ވަނަ ފިލްމު ކަމަށެވެ. މި ފިލްމުން ވެސް ސްޓެލޯން ފެނިގެން ދެ އެވެ.

ކޮންމެއަކަސް ސިލްވެސްޓާ ސްޓެލޯން މުސްކުޅިވިޔަސް އޭނާ ގެނެސްދިން އެންޓަޓެއިންމަންޓް މުސްކުޅިއެއް ނުވެ އެވެ. ފޮކްސް އިން މިހާރު ތައްޔާރުވަމުން އެ ދަނީ އޭނާގެ މަޝްހޫރު "ރާމްބޯ" ސިލްސިލާ ޓީވީ އަށް ގެނައުމަށެވެ. "ރާމްބޯ: ނިއު ބްލަޑް" ގެ ނަން ދީފައިވާ މި ސީރީޒްގައި ދައްކުވައި ދެނީ ރާމްބޯ އާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ ހަމަޖެހުންބޮޑު ގުޅުމެވެ.

ރާމްބޯ ދަރި ރާމްބޯ ޖޫނިއާ އަކީ އެކްސް ނޭވީ ސީލްގެ މެމްބަރެކެވެ.

ސްޓެލޯން އެނބުރި އަންނާނީ ޖޯން ރާމްބޯގެ ގޮތުގައި ހަމަ އެގަދަފަދަކަމުގަ އެވެ. ރާމްބޯ އަކީ ވިއެޓްނާމް ހަނގުރާމައިގެ ވެޓެރަން އެކެވެ. އަދި އެމެރިކާގެ ސްޕެޝަލް ފޯސް އަށް ނިސްބަތްވާ މެމްބަރެކެވެ.

ރާމްބޯގެ މި އާދަޔާހިލާފު ހުނަރުތައް ސްޓެލޯން ހަތަރު ފިލްމެއްގައި ދައްކާލާފައިވެ އެވެ. އެންމެފަހުން ރާމްބޯގެ ގޮތުގައި ސްޓެލޯން ފެނިގެން ދިޔައީ 2008 ވަނަ އަހަރު ނެރުނު "ރާމްބޯ" އިންނެވެ.