ދުނިޔެ

ބިލް ކްލިންޓަން ހޮސްޕިޓަލުން ދޫކޮށްލައިފި

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. ކްލިންޓަންގެ ތަރުޖަމާން އޭންޖަލް ޔުރޭނާ ވިދާޅުވި ގޮތުގައި އިންފެކްޝަނަށް ކޮންޓްރޯލް ކުރަން ދިން އެންޓިބަޔޮޓިކް އައިވީ ފްލުއިޑް ފުރިހަމަ ވުމުން ދޫކޮށްލީ އެވެ. ހާލުކޮޅު މުޅިން ރަނގަޅެވެ.

ތަރުޖަމާން ކުރިން ވިދާޅުވި ގޮތުން ކްލިންޓަން އައިސީޔޫގައި އެޑްމިޓް ކުރީ ޔޫރީން އިންފެކްޝަނެއް ޖެހިވަޑައިގެނެވެ. އެހެން ނަމަވެސް އިންފެކްޝާންގެ އަސަރު ލެޔަށް ފޭދި ބޮޑުވަރު ވެދާނެ ކަމަށް ބަލައި ޑޮކްޓަރުން ލަފާ ދެއްވީ އެވެ.

ކްލިންޓަންގެ ސިއްހަތާ މެދު އާއިލާން ކަންބޮޑުވެ އެވެ. ހިތުގެ ސާޖަރީއެއް ހައްދަވާފައި ވުމާއެކު އަދި އިތުރު ފަރުވާ ހޯއްދަވާ ކަމަށް ވެސް ވެއެވެ. އެހެންކަމުން، އިންފެކްޝަންގެ ސަބަބުން އިތުރު ކަމެއް ގޯސްވެދާނެ ކަމަށް ބަލައި އާއިލާއިން ސަމާލުވީ އެވެ.

ކްލިންޓަނަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުންނެވެި ޑރ. އަލްޕެޝް އާމިން ވިދާޅުވީ ކްލިންޓަނަށް ފަރުވާ ދެއްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ވިދާޅުވީ ފަރުވާ ކާމިޔާބު ކުރެވޭތޯ އޭނާގެ ޓީމުން ވަރަށް ބޮޑަށް ސަމާލުވި ކަމަށެވެ.

ކްލިންޓަން 75، ވަނީ އެމެރިކާގެ ރައީސްކަން ދެ ދައުރު އަދާ ކުރައްވާފަ އެވެ. އާކެންސޯގެ ގަވަރުނަރުކަން ކުރައްވައި އެމެރިކާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ވަނީ ހޯއްދަވާފަ އެވެ.

ރައީސްކަމުގު މުއްދަތުގައި، 1993-2001 އެމެރިކާގެ އިގުތިސޯދު ދުވަހަކު ވެސް ނުދެކޭ ވަރަށް ވަނީ ރަނގަޅު ކުރައްވާފަ އެވެ. ކްލިންޓަނަކީ ވަރަށް ދަތި އުނދަގޫ މަޝްވަރާތައް ހަމައަކަށް އެޅުއްވި ބޭފުޅެކެވެ.