މަސްވެރިންގެ ދުވަސް

މާލެ އަތޮޅު ކެޔޮޅުންގެ އެވޯޑަށް ހުޅުވާލައިފި

Oct 19, 2021
1

މާލެ އަތޮޅުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރަން ހަމަޖައްސާފައިވަނީ ކ. ގާފަރުގަ އެވެ.

ފިޝަރީޒުން ބުނީ މަސްވެރިން ދުވަހުގެ ރަސްމިއްޔާތުގައި އެންމެ ހިދުމަތްތެރި ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު ހޮވާ އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

އެންމެ ހިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް 35 އަހަރުން ދަށުގެ މީހުނަށް ކުރިމަތިލެވޭއިރު އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތި ލެވެނީ އުމުރުން 35 އަހަރުން މަތީގެ މީހުންނަށެވެ. މި ދެ އެވޯޑަށް ވެސް ކުރިމަތިލެވެނީ އަމަލީ ގޮތުން މަސްވެރިކަމުގައި އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުގެ ރައްޔިތުންނަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.