ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، މާދަމާ އއ. އަތޮޅަށް ވަޑައިގަންނަވަނީ

Oct 19, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފެއްޓެވުމަށް ނިންމަވައިފި އެވެ.

ރައީސް މާދަމާ ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތޮއްޑޫ، އުކުޅަސް، މަތިވެރި، ރަސްދޫ، ބޮޑުފުޅަދޫ އަދި ހިމަންދޫ އަށެވެ.

ރައީސްގެ މިދަތުރުފުޅުގައި އެ ރަށް ރަށުގެ ސަރުކާރުގެ އިދާރާތަކުގެ އިސް ބޭފުޅުންނާއި ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި ރަށްރަށުގައި ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް މިިހާރު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މީގެ ކުރިން ވަނީ ހދ. އަތޮޅާއި، ށ. އަތޮޅާއި، ރ. އަތޮޅާއި އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން އެމަނިކުފާނު ވަނީ ތ. އަތޮޅު ކަނޑޫދޫ އަށް ވެސް ވަޑައިގެންފަ އެވެ.