ޕީއެސްޖީ

ރޮނާލްޑީނިއޯ އާއި މެސީގެ ޖަޒުބާތީ ބައްދަލުވުން

ރޭގެ މެޗުގައި މެސީ އާއި ރޮނާލްޑީނިއޯ ބައްދަލުވި ވަގުތު ވޯމްއަޕް ކުރަން ހުރެފައި މެސީ ގޮސް ރޮނާލްޑީނިއޯ ގައިގައި ބައްދާލި
0%
0%
0%

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި އާރުބީ ލެޕްޒިގް ބައްދަލުކުރި މެޗު ބަލަން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ވަނީ ދަނޑަށް ގޮސްފަ އެވެ.

ރޮނާލްޑީނިއޯ ދަނޑަށް ވަދެގެން އައުތަން ފެނުމާއެކު ދަނޑުމަތީގައި ވާމްއަޕް ކުރަން ހުރި ލައިނަލް މެސީ ވަނީ ދުވެފައި ރޮނާލްޑީނިއޯ ކައިރިއަށް ގޮސް މަރުހަބާ ކިޔައި އޭނާ ގައިގައި ބައްދާލާފަ އެވެ.

ރޮނާލްޑީނިއޯ އާއި މެސީއަކީ ބާސެލޯނާގައި އެއްކޮށް ކުޅުނު ދެކުޅުންތެރިންނެވެ. މެސީ ބާސެލޯނާއިން ވިދާލީ ރޮނާލްޑީނިއޯގެ ރަން ޒަމާނުގައި އޭނާގެ އެހީތެރިކަމާއެކު ކަމަށް މެސީ އަބަދުވެސް ބުނެ އެވެ. މެސީގެ ފުރަތަމަ ގޯލަކީ ރޮނާލްޑީނިއޯ ދިން ޕާހަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލު ޖެހުމަށް ފަހު މި ދެކުޅުންތެރިން އުފާ ފާޅު ކޮށްފައި ވަނީ ރޮނާލްޑީނިއޯގެ ކޮނޑަށް މެސީ އަރުވައިގެނެވެ.

މެސީގެ ފުރަތަމަ ގޯލަށް ފަހު ރޮނާލްޑީނިއޯ އާއި މެސީ އުފާ ފާޅު ކުރަނީ

ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން ޕީއެސްޖީއަށް ކުޅުނު ރޮނާލްޑީނިއޯއަށް މެސީ ޕީއެސްޖީގައި ކުޅޭތަން ފެނުމަކީ ގައިމުވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ރޭގެ މެޗުގައި އެކަން ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

ޕީއެސްޖީން 3-2 ގެ ނަތީޖާއަކުން ލެޕްޒިގްގެ މައްޗަށް ކުރިހޯދި އިރު، މެސީ ވަނީ ދެ ގޯލު ޖަހާފަ އެވެ. މެސީގެ ދެ ގޯލަކީ 2-1 ގެ ނަތީޖާ އަކުން ޕީއެސްޖީ ބަލިވަނިކޮށް އޭނާ ކާމިޔާބު ކޮށްދިން ދެ ގޯލެވެ.

ރޭގެ މެޗަށް ރޮނާލްޑީނިއޯ ދަނޑަށް ދިޔައީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ. މީގެ ދެތިން ދުވަސް ކުރިން ޕީއެސްޖީން ވަނީ މި މެޗު ބަލަން ރޮނާލްޑީނިއޯ އަންނާނެ ކަމަށް ބުނެފަ އެވެ.

"ހާއްސަ މެހެމާނެއް، އާޓިސްޓެއް، ފުޓްބޯޅަ ޖީނިއަސްއެއް. ޕީއެސްޖީ އާއި އާރުބީ ލެޕްޒިގް ބައްދަލުކުރާ މެޗު ބަލަން އަހަރެމެންގެ ލެޖެންޑް ރޮނާލްޑީނިއޯ ދަނޑަށް އަންނާނެ" ޕީއެސްޖީގެ ޓްވިޓާ އެކައުންޓުގައި ބުނެފައިވެ އެވެ.

ރޮނާލްޑީނިއޯއަކީ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ އެންމެންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ދަނޑު މަތީގައި އެހެން ކުޅުންތެރިންނަށް ނުކުރެވޭ ފަދަ ތަފާތު މޮޅެތި ކަންތައް ކުރާ "މެޖީޝިއަން" އެއްގެ ގޮތުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910