އީޕީއޭ

ފާރުފަށި އިންވެސްޓްމެންޓް ޖޫރިމަނާ ކޮށްފި

Oct 20, 2021
ފާރަފުށި ރިސޯޓް. އީޕީއޭ އިން ވަނީ އެ ރިސޯޓް ހިންގާ ކުންފުނި ޖޫރިމަނާކޮށްފައި
0%
0%
0%

ރ. ފާރުފުށީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން، ފާރުފުށީގައި ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ހުށަހަޅާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ކުންފުނި ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުންނާއި އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

އީޕީއޭ އިން މިއަދު ފާރަފުށި ޖޫރިމަނާކުރީ 275،000 ރުފިޔާ އިންނެވެ. އީޕީއޭ އަށް ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ލަގްޒަރީ ޓޫރިޒަމަށް ހާއްސަކޮށްގެން ހަދާފައިވާ ފާރުފުށި ރިސޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ޔުނިވާސަލް ރިސޯޓް ގުރޫޕުން ތަރައްގީކުރި ފާރަފުށި ރިސޯޓް ވިއްކާލުމަށް ނިންމާފައިވާތީ އެ ރިސޯޓް ހިންގާ ކުންފުނީގެ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން އިއުލާންކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345