މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އެކްސްޕޯ މޯލްޑިވްސްގެ ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އުފެއްދުން ތެރިކަމުގެ މައުރަޒު "އެކްސްޕޯ މޯލްޑިވްސް 2015" ގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އިކޮނޮމިކް މިނިސްޓްރީ އިން އިތުރުކޮށްފި އެވެ.

އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރިކަން ހާމަ ކުރަމުން މައުރަޒު އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން މި އެކްސްޕޯގައި ބައިވެރިވުމަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ މީހުން އެކްސްޕޯގައި ބައިވެރިވުމަށް ފޯމް ހުށަހަޅަމުން އަންނާތީ އާއި މުއްދަތު އިތުރު ކުރުމަށް އެދެމުން އަންނާތީ އެގޮތަށް ނިންމީ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވީ ނަމަވެސް، ބައިވެރިވާ ފަރާތްތަކުން އުފެއްދުންތައް ހުށަހެޅުމަށް ދީފައި އޮތް މުއްދަތު އިތުރުކޮށްފައެއް ނުވެ އެވެ. މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން އުފެއްދުންތައް ހުށަހެޅުމުގެ ސުން ގަޑި އަކީ މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެކްސްޕޯ މޯލްޑިވްސް ގައި ދިވެހި އުފެއްދިންތެރިކަމާއި ހުނަރު އަދި ތަފާތު ހަރަކާތްތަށް ދައްކުވާދައިދޭނެ އެވެ. މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. މިމައުރަޒުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށް އެސްއެމްއީ ލޯން ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޭ ލޯނު ކަށަވަރުވާނެ އެވެ.

މިމައުރަޒު ކުރިއަށް ދާނީ މިމަހުގެ 22 އިން 28 އަށެވެ.