ނައިޓް މާކެޓް

ނައިޓްމާކެޓްތައް 10 ދުވަހަށް ބޭއްވޭ ގޮތް ހަދައިފި

މާލެ ސަރަހައްދުގައި ނައިޓުމާކެޓުތަކާއި ފެއާތައް އެންމެ ގިނަވެގެން ކުރިއަށް ގެންދެވޭނީ 10 ދުވަހަށް ކަމަށް ކަނޑައަޅައި އެކަމާ ގުޅޭ އުސޫލު ގެޒެޓްކޮށްފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ނައިޓްމާކެޓްތަކާއި ފެއާތައް ގިނަވެގެން 10 ދުވަހަށް ކުރިއަށް ގެންދެވޭނެ އެވެ.

މީގެކުރިން ނައިޓްމާކެޓްތަކާއި ފެއާތައް ބޭއްވެނީ ގިނަވެގެން ހަތް ދުވަހަށެވެ.

ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް 2019 ވަނަ އަހަރަށް ފަހު އިއްޔެ ބަދަލު ގެނައި ވަކި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

މާލެ އާއި ހުޅުމާލޭގައި ނައިޓްމާކެޓްތައް ބޭއްްވުން އިތުރުވެފައިވާއިރު އާންމުންގެ ސަމާލުކަންވެސް މިފަދަ ނައިޓްމާކެޓްތަކަށް އޮވެ އެެވެ.