ބޭންކް އޮފް މޯލްޑިވްސް

ބޭންކުގައި ދުވަސްވީ ހިދުމަތްތެރިންގެ އަގު ވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފި އެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި 61 މުވައްޒަފަކަށް އެވޯޑް ދިނެވެ. އެ އެވޯޑް މުވައްޒަފުންނަށް ހަވާލު ކޮށްދެއްވީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

އެވޯޑް ދިނީ ބީއެމްއެލްއަށް 15 ،20 ،25، 30 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަ ށެވެ. އޭގެ ތެރެއިން 35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމާ ސާވިސް މެނޭޖަރު އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމާ ޕްރޮސެސިންއަށް ހާއްސަ އެވޯޑެއް ދިނެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކަަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ އުފަލެއް ކަަމަށެވެ.

"ތިޔަ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކު. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާ ކުރަން." ޓިމް ވިދާޅުވި އެވެ.