ހެޕީ މާކެޓް

ހެޕީމާކެޓުން ބޯޓު ސާފު ކުރަން ހާއްސަ އުފެއްދުމެއް ތައާރަފުކޮށްފި

Oct 23, 2021

ޔޫރަޕުގެ މޮޅު ގިނަ ބްރޭންޑު ތަކެއް ވިއްކާ ހެޕީމާކެޓުން އުޅަނދުފަހަރު ހާއްސަ ލަގްޒަރީ ބޯޓުތައް ސާފު ކުރަން ހާއްސަ އުފެއްދުމެއް ތައާރަފުކޮށްފި އެވެ.

ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ "ކްލީންޓްގްލީމް" ބްރޭންޑު ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަބްދުﷲ ނައީމް އެވެ. މި އިވެންޓުގައި މި ޕްރޮޑަކްޓް ރޭންޖުގެ ޑެމޮސްޓްރޭޝަނެއް ވެސް ދައްކާފައިވެ އެވެ.

ވެލާނާގެ ކައިރީގައި ހެޕީ މާކެޓިން ހުޅުވާފައިވާ ފިހާރަ އިން ލިބެން ހުންނަ މި އުފެއްދުމުގެ ރޭންޖް ވަރަށް ގިނަ އެވެ. މިގޮތުން މި އުފެއްދުންތަކަކީ ބޯޓު ދޮވުމާއި އުޅަނދު ފަހަރު ޕޮލިސްކޮށްލަން ވެސް ބޭނުން ކުރެވެ އެވެ. އަދި އުޅަނދުގެ އެކި ސަރަހައްދު ސާފު ކުރަން މީގެ ޕްރޮޑަކްޓް ރޭންޖުތައް ހާއްސަކޮށް ހުރެ އެވެ.

"ކްލީންޓްގްލީމް" ރޭންޖުގައި 12 ވައްތަރެއްގެ ޕްރޮޑަކްޓް ހިމެނޭއިރު މި އުފެއްދުމުގައި ބޯޓުގެ އިންޓީރިއާ އާއި އެކްސްޓީރިއާ ސާފު ކުރަން ހާއްސަ އުފެއްދުންތައް ވެސް ހިމެނެ އެވެ.